Saturday, May 8, 2010

ސިޙުރު ޖެހެނީ ކޮން ބަޔކަށްތަ؟


ސިޙުރަކީ ވަރަށް ގިނަބަޔަކު ޤަބޫލުކުރާ އެއްޗެއް ކަމުގައި ވާތީ، އޭގެ ޙަޤީޤަތް ހޯދުމަށްޓަކައި ސައިންޓިފިކް ދިރާސާތައް ކުރވިފައިވެއެވެ. އެގޮތުން ކުރެވިފައިވާ ދިރާސާތަކުގެ އަލީގައި، އާއްމުގޮތެއްގައި ސިޙުރުގެ ބަލިތައް ޖެހެނީ ކޮންބަޔަކަށްކަން ތަފާސްކުރެވިފައިވެއެވެ. ސިޙުރުގެ ބަލިތައް ޖެހޭ މީހުންގެ ލިސްޓްގެ އެންމެ ކުރީގައިވަނީ މާތް ﷲގެ ޙަޟްރަތަށް އީމާން ނުވާމީހުންނެވެ. އެއަށްފަހު އެބަލިތައް ޖެހޭ މީހުންގެ ތެރޭގައި މިދަންނަވާ މީހުން ހިމެނެއެވެ
. އެބައިމީހުންނަކީ މުޖުތަމަޢުގައި އޮންނަ ހަމަޖެހޭ އުޞޫލުތަކާއި ޚިލާފުވެ ޖަމާއަތުން ބޭރުވާ މީހުންނެވެ.
2. އެބައިމީހުންނަކީ ނާއުއްމީދުވާ މީހުންނެވެ.
3. އެބައިމީހުންނަކީ ރުޅިގަދަ ނަފުޞު ކޮންޓްރޯލް ނުކުރެވޭ މީހުންނެވެ.
4. އެބައިމީހުންނަކީ ޞިއްޙަތުދެރަ ހަށިގަނޑު ނިކަމެތިި މީހުންނެވެ.
5. އެބައިމީހުންނަކީ އަމިއްލަ އެދުމާއިގެން ކުރިއަށްދާ މީހުންނެވެ. އެބައިމީހުންނަކީ ސިޙުރުވެރިންނާއި ގުޅުން ބަހައްޓާ މީހުންނެވެ.
6. އެބައިމީހުންނަކީ ގަދަކީރިތިވަންތަ ﷲގެ ޙަޟްރަތަށް އުރެދޭ މީހުންނެވެ.
7. އެބައިމީހުންނަކީ ﷲގެ ޙަޟްރަތަށް ޚުޝޫޢައްތެރިނުވާ މީހުންނެވެ.
8. އެބައިމީހުންނަކީ ބޮޑާކަމާއި ކިބުރުވެރިކަމުން ކަޅިވެފައިވާ މީހުންނެވެ.
9. އެބައިމީހުންނަކީ މާއްދީ ބޭނުންތަކުގައި ހައްދުފަހަނަ އަޅާފައިވާ މީހުންނެވެ.
10. އެބައިމީހުންނަކީ ބަދުއަޚްލާޤީ ޢަމަލުތައް ހިންގާ މީހުންނެވެ.
11. އެބަިމީހުންނަކީ ޒަކާތްދިނުންފަދަ ދީނީ ގޮތުން ކުރަންޖެހޭ ކަންތައްތައް ނުކުރާ މީހުންނެވެ.
12. އެބައިމީހުންނަކީ މުދާތައް މިލްކުގައި ފުނިޖެހިފައި ވާއިރުވެސް އެއިން ފަޤީރުންނަށް ޞަދަޤާތްނުދޭ މީހުންނެވެ.
13. އެބައިމީހުންނަކީ އަޤީދާ ބަލިކަށި މީހުނެވެ.
14. އެބައިމީހުންނަކީ ސުވަރުގެއާއި ނަރަކައަށް އީމާންނުވާ މީހުންނެވެ.
15. އެބައިމީހުންނަކީ މަގުފުރެދިފައިވާ މީހުންނެވެ.
16. އެބައިމީހުންނަކީ ފައިސާއާއި މެދު ދަހިވެތިވެ މުއްބާރުކުރާ ބަޚީލުންނެވެ.
17. އެބައިމީހުންނަކީ އެހެންމީހުންގެ ހައްޤުތައް ނިގުޅައިގަންނަ ޒާލިމުންނެވެ.
18. އެބައިމީހުންނަކީ ހިތްވަރުދެރަ ފިނޑިންނެވެ. އެބައިމީހުންނަކީ ރިބާ ކައިއުޅޭ މަކަރުވެރިންނެވެ.
19. އެބައިމީހުނަކީ މީހަކަށް މާތް ﷲ ދެެއްވާފައިވާ ނިޢުމަތެއް ފެނިއްޖެނަމަ އެނިޢުމަތާ މެދު ނުރުހި އެކަމަށް ނަފްރަތުކުރާ ހަސަދަވެރިންނެވެ.
20. އެބައިމީހުންނަކީ މުޖުތަމަޢުގައި ހަމަނުޖެހުން އުފެދޭފަދަ ވާހަކަތައް ދައްކާއުޅޭ ފިތުނަވެރިންނެވެ.
21. އެބައިމީހުނަންކީ އަމާނާތްތައް އޭގެ އަޙުލުވެރިންނަށް ރައްދުނުކުރާ ޚިޔާނާތްތެރިންނެވެ.
22. އެބައިމީހުންނަކީ މާތް ﷲގެ ޙަޟްރަތާއި އެހެންފަރާތްތައް ބައިވެރިކޮށް ޝަރީކުކުރާ މުޝްރިކުންނެވެ.
23. އެބައިމީހުންނަކީ މުދަލާއި ފައިސާއިން ބޭކާރުގޮތުަގއި ހޭދަކޮށް އިސްރާފްކުރާ މުސްރިފުންނެވެ.

Friday, May 7, 2010

ނަބަވީ މުޢުޖިޒާތް އިންސާނާގެ ހިތް



ފަހެ ދަންނައެވެ. ހަމަކަށަވަރުން ހަށިގަނޑުގައި މަސްކޮޅެއްވެއެވެ. މި މަސްކޮޅު ރަނގަޅުވެއްޖެނަމަ މުޅި ހަށިގަނޑު ރަނގަޅު ވެދެއެވެ. އަދި މި މަސްކޮޅު ނުބައި ވެއްޖެނަމަ މުޅި ހަށިގަނޑު ނުބައި ވެދެއެވެ. ފަހެ ދަންނައެވެ. އެއީ ހިތެވެ


މިއީ ވަރަށް ދިގު ޙަދީޘްފުޅެއްގެ ބަޔެކެވެ. މި ޙަދީޘް ރިވާކުރައްވާފައި ވަނީ އައްނުޢުމާނު ބްނު ބަޝީރެވެ. މި ޙަދީޘްފުޅުގެ ފުރަތަމަ ބައިގައި އަންގަވަނީ ޙަލާލުކަންތަކާއި ޙަރާމްކަންތައް މާތްﷲ ކަނޑައަޅުއްވާ ބަޔާން ކޮށްދެއްވާފައިވާ ކަމެވެ. ޙަލާލުކަންތަކާ ޙަރާމްކަންތަކާ ދެމެދުގައި ގިނަބަޔަކަށް އޭގެ ޙުކުމް ކަނޑައަޅައި ބުނަންނޭނގޭ ކަންތައްތަކެއް ވެއެވެ. ރަސޫލުﷲގެފާނު އަޅުގަނޑުމެންނަށް ކީރިތި ރަސޫލާގެ މިބަސްފުޅުގައި އައިސްފައިވާ ޢިލްމީ މުޢުޖިޒާތައް ބަލައިލުމުގެ ކުރިން ހިތަށް ބަލައިލަމާތޯއެވެ. އާދެ! ހިތަކީ ގާތްގަނޑަކަށް 0.3 ކިލޯގްރާމްގެ މަސްކޮޅެކެވެ. ހިތުގެ ބޮޑުމިނަކީ އަތް މުށްކަވައިލުމުން ލިބޭ ބޮޑުމިނެވެ. ހިތުގެ މަސައްކަތަކީ ގުންބާއެއް ނުވަތަ މޯޓަރެއްގެ މަސައްކަތެވެ. ހަށިގަނޑުގެ އެންމެހާ ބައިތަކަށް ލޭ ގުންބާކޮށްދޭ މޯޓަރަކީ ހިތެވެ. މީގެ އިތުރަށް ހަށިގަނޑުގެ ހުރިހާ ބައިތަކުން އަންނަ ލޭ ޖަމާވާ ތަނަކީވެސް ހިތެވެ. އެއަށްފަހު މިލޭ ސާފުކުރުމަށްޓަކައި ފުއްޕާމެއަށް ފޮނުވައިދެއެވެ. ފުއްޕާމެއިން ސާފުކޮށްދޭ ލެއި އަނބުރާ އަންނަނީ ހިތަށެވެ. އެއަށްފަހު މިލޭ ހަށިގަނޑުގެ ބައިތަކަށް ފޮނުވައިދެއެވެ. މިނެޓަކު ގާތްގަނޑަކަށް 70 ފަހަރު ހިތް ވިންދު ޖަހައެވެ. އަހަރެއްގެ ތެރޭގައި މިލޔަނަކަށްވުރެ ގިނަ ފަހަރު ވިންދު ޖަހައެވެ. މިހިތް މިނެޓަކު ފަސްލިޓަރުގެ ލޭ ހަށިގަނޑު ތެރެއަށް ގުންބާ ކުރެއެވެ. މީގެ މާނައަކީ ދުވާލަކު 7200 ލިޓަރުގެ ލޭ ހިތުން ގުންބާކޮށްދެއެވެ. އިންސާނާ އޭނާގެ މަންމަގެ ބަނޑުތެރޭގައި ގަރުބަގަންނަތާ ހަތަރުވަނަ ހަފުތާއިން ފެށިގެންގޮސް އޭނާ މަރުވަންދެން މި ކުޑަކުޑަ މަސްކޮޅު މި މަސައްކަތް ހުއްޓާނުލައި ކުރެއެވެ. ހިތުގެ ވެރި ރަސްކަލާނގެ އަމުރުފުޅަށް ކިޔަމަންވެ ހިތް މަސައްކަތް ކުރަނީ އެންމެ ހަތައެއްގެ (ސެލެއްގެ) ގޮތުގައެވެ. މި މަސައްކަތް ހިތްކުރަނީ ހަށިގަނޑުގެ އެހެން އެއްވެސް ގުނަވަނެއްގެ އެހީއަކާ ނުލައެވެ. އެކަތިގަނޑެއް ގޮތަށެވެ. އަރާމުކުރާ ވަގުތު އަރާމުކުރަނީވެސް ހަމައެކަތިގަނޑެއް ގޮތަށެވެ.މިކަންތައްތަކާ ދުރުހެލިވުމަށް އެންގެވިއެވެ. އެއީ އެފަދަކަމަކާ ކައިރީގައި އުޅެން ފަށައިފިނަމަ އެއިން ކަމަކަށް އަރައިގަނެވި ދާނެތީއެވެ.

އިސްލާމްދީނުގެ ޢާއްމުތަޢާރަފެއް





- ﷲ ވޮޑިގެންވުން:- ﷲ އަކީ ޢާލަމްތައް ބަލަހައްޓަވާ ސާހިބުވަންތަ ކަލާނގެ:(ﷲ ރައްބުލް ޢާލަމީން)- ﷲ އަކީ ކައުނުގެ ވެރިރަސްކަލާނގެ: (ﷲ މާލިކުލް ކައުނި)- އަޅުކަން ކުރެވޭ އިލާހު: (އަލްއިލާހުލް މަޢްބޫދު)
ﷲ އަށް އީމާންވުމުގައި ހަތަރު ކަމެއް ހިމެނެއެވެ. އެއީ:
- އުފެއްދި ފަރާތަކާ ނުލައި ﷲ ވޮޑިގެންވާކަން.- ޢާލަމްތައް ބަލަހައްޓަވާ ސާހިބުވަންތަ ކަލާނގެކަން.- އެކަލާނގެއީ ކައުނުގެ ވެރިރަސްކަލާނގެ ކަމާއި ކައުނުގެ ހުރިހާ ކަމެއް ހިނގަނީ އެކަލާނގެ އިރާދަފުޅުން ކަން.- އަޅުކަން ކުރެވޭ ހަމަ އެކަނި އިލާހު ކަމާއި އެ ކަލާނގެއާ އެކު އެހެން ފަރާތަކަށް އަޅުކަން ކޮށްގެން ނުވާނެކަން.
ދަރިވަރުނގެ މަސައްކަތް
- މާތްﷲއަށް އީމާންވުމުގައި ހިމެނޭ ހަތަރުކަމަކީ ކޮބާ؟
-ޢާލަމްތައް ބަލަހައްޓަވާ ހިންގަވާ ފަރާތކީ ކޮބާ؟
- މުޅިކައުނުގެ ވެރިފަތަކީ ކޮބާ؟
-އަހަރެމެން ހުރިހާ އެންމެންވެސް އަޅުކަންކުރަންޖެހޭ ހަމައެކަނި ފަރާތަކީ ކޮބާ؟

Thursday, May 6, 2010

އިސްލާމް

http://www.4shared.com/file/9S0K88ll/islam__media__new_2009.html

އަލިފުބާ

އަލިފުބާ ދަސްކުރުން

ދުޢާއަކީ ޛިކްރެކެވެ.


ދުޢާކުރުމަކީ ވަރަށް މާތް އަޅުކަމެކެވެ ދޫޢާކުރުމުގެ މާތްކަމާއި ބެހޭގޮތުން ވަރަށްގިނަ އާޔަތްތަކާއި ޙަދީޘްފުލުތައް ވާރިދުވެގެން އައިސްފައިވެއެވެ.ފަހެ ދުޢާއަކީ ޛިކްރެކެވެ.މާތﷲގެ މަތިން ހަނދުމަ ކުރުމެކެވެ.
މިފައިލް ޑައުންލޯޑުކުރުމަށް