Thursday, May 6, 2010

ޙަދީޘް ޢިލްމުގެ މުހިއްމު މުޞްޠަލަޙްތައް

ޙަދީޘް ޢިލްމަކީ ކީރިތި ރަސޫލާގެ ބަސްތަކާއި ޢަމަލްތަކާއި ، ސިފަތަކާއި، އެއްބަސްވެ ވަޑައިގަންނަވާފައިވާ ކަންތައްތައްތަކުގެ އިތުރުން ޙަދީޘް ރިވާކުރެއްވި ބޭކަލުންނާއި ސަނަދާއި މަތުނު ބަޔާންކޮށްދޭ ޢިލްމެވެ. މިޢިލްމުގައި ހިމެނޭ މުހިއްމު މުޞްތަލަޙްތައް ތިރީގައި އެވަނީ އެވެ.
1-ސަނަދު: ސަނަދަކީ ޙަދީޘްގެ މަތުނަށް ވާޞިލް ކޮށްދޭ މަގެވެ. ނުވަތަ އެޙަދީޘެއްގެ އަހުލުވެރިންނެވެ.
2-މަތުނު:- މަތުނަކީ ޙަދީޘްގެ ލަފުޒުތަކެވެ. އެއީ ސަނަދުގެ ނިމުންވެސް މެއެވެ.
3-މުސްނަދު:- މުސްނަދަކީ ސަނަދު އޭގެ ނިމުމާއި ހަމައަށް ގުޅިގެން އައިސްފައިވާ ޙަދީޘެވެ.
4-މުސްނިދު:- މުސްނިދުންނަކީ ޙަދީޘް އޭގެ ސަނަދާއި އެކީގައި ރިވާކުރައްވާ ބޭކަލުންނެވެ.
5-މުޚްރަޖް:- މުޚްރަޖް ނުވަތަ މުޚައްރަޖަކީ ޙަދީޘްގެ ރިވާކުރައްވާ ބޭކަލުން ބަޔާންކުރައްވާ ބޭކަލުންނެވެ. މިސާލަކަށް އިމާމު ބުޚާރީ އަކީ މުޚްރަޖެކެވެ.
6-މުޚްރިޖް:- ޙަދީޘް ޢިލްމުގައި މުޚްރިޖުންނަކީ ޙަދީޘް ރިވާކުރެއްވި ބޭކަލުންނެވެ.
7-މުޙައްދިޘް: ޙަދީޘް ޢިލްމުގެ ވައްތަރުތަކާއި ޙަދޘް ރިވާކުރެއްވި ބޭކަލުންގެ ނަންތަކާއި މަތުނު ދެނެލައްވާ ޢިލްމު ވެރީންނަކީ މުޙައްދިޘުންނެވެ.
8-ހުއްޖާ:- 300 ޙަދީޘް އޭގެ ޢިލްމާއިއެކީގައި ދަސްކުރައްވާފައިވާ ބޭކަލުންނަށް ޙުއްޖާއޭ ކިޔެއެވެ.
9- ސުންނަތް:- ސުންނަތް ނުވަތަ ޙަދީޘަކީ ރަސޫލުﷲގެފާނުގެ ބަސް ތަކާއި ޢަމަލް ތަކާއި އެކަލޭގެ ފާނުންގެ ސިފަތަކެވެ.
10- ޚަބަރު:- ޚަބަރަކީ ޙަދިޝްގެ ތެރޭގައި ހިމެނޭ މަރުފޫޢު ޙަދީޘާއި މަޤްޠޫޢު ޙަދީޘާއި މައުޤޫފު ޙަދީޘެވެ.
11- އަޘަރު:- ގިނަ ޙަދީޘް ޢިލްމު ވެރިންގެ ގާތުގައި އަޘަރަކީ މަރުފޫޢު ޙަދީޘާއި މައުޤޫފު ޙަދީޘެވެ.
21-ޤުދުސީޙަދީޘް:- ﷲގެ ޙަޟްރަތުން އޭގެ މާނަ އައިސްފައިވާ ރަސޫލާގެ އަރިހުން އޭގެ ލަފްޒުތައް ވާރިދު ވެފައިވާ ޙަދީޘް ތަކަށް ޤުދުސީ ޙަދީޘްގެ ނަމުން ނަން ދެވިފައި ވެއެވެ.

No comments:

Post a Comment