Friday, May 7, 2010

ނަބަވީ މުޢުޖިޒާތް އިންސާނާގެ ހިތް



ފަހެ ދަންނައެވެ. ހަމަކަށަވަރުން ހަށިގަނޑުގައި މަސްކޮޅެއްވެއެވެ. މި މަސްކޮޅު ރަނގަޅުވެއްޖެނަމަ މުޅި ހަށިގަނޑު ރަނގަޅު ވެދެއެވެ. އަދި މި މަސްކޮޅު ނުބައި ވެއްޖެނަމަ މުޅި ހަށިގަނޑު ނުބައި ވެދެއެވެ. ފަހެ ދަންނައެވެ. އެއީ ހިތެވެ


މިއީ ވަރަށް ދިގު ޙަދީޘްފުޅެއްގެ ބަޔެކެވެ. މި ޙަދީޘް ރިވާކުރައްވާފައި ވަނީ އައްނުޢުމާނު ބްނު ބަޝީރެވެ. މި ޙަދީޘްފުޅުގެ ފުރަތަމަ ބައިގައި އަންގަވަނީ ޙަލާލުކަންތަކާއި ޙަރާމްކަންތައް މާތްﷲ ކަނޑައަޅުއްވާ ބަޔާން ކޮށްދެއްވާފައިވާ ކަމެވެ. ޙަލާލުކަންތަކާ ޙަރާމްކަންތަކާ ދެމެދުގައި ގިނަބަޔަކަށް އޭގެ ޙުކުމް ކަނޑައަޅައި ބުނަންނޭނގޭ ކަންތައްތަކެއް ވެއެވެ. ރަސޫލުﷲގެފާނު އަޅުގަނޑުމެންނަށް ކީރިތި ރަސޫލާގެ މިބަސްފުޅުގައި އައިސްފައިވާ ޢިލްމީ މުޢުޖިޒާތައް ބަލައިލުމުގެ ކުރިން ހިތަށް ބަލައިލަމާތޯއެވެ. އާދެ! ހިތަކީ ގާތްގަނޑަކަށް 0.3 ކިލޯގްރާމްގެ މަސްކޮޅެކެވެ. ހިތުގެ ބޮޑުމިނަކީ އަތް މުށްކަވައިލުމުން ލިބޭ ބޮޑުމިނެވެ. ހިތުގެ މަސައްކަތަކީ ގުންބާއެއް ނުވަތަ މޯޓަރެއްގެ މަސައްކަތެވެ. ހަށިގަނޑުގެ އެންމެހާ ބައިތަކަށް ލޭ ގުންބާކޮށްދޭ މޯޓަރަކީ ހިތެވެ. މީގެ އިތުރަށް ހަށިގަނޑުގެ ހުރިހާ ބައިތަކުން އަންނަ ލޭ ޖަމާވާ ތަނަކީވެސް ހިތެވެ. އެއަށްފަހު މިލޭ ސާފުކުރުމަށްޓަކައި ފުއްޕާމެއަށް ފޮނުވައިދެއެވެ. ފުއްޕާމެއިން ސާފުކޮށްދޭ ލެއި އަނބުރާ އަންނަނީ ހިތަށެވެ. އެއަށްފަހު މިލޭ ހަށިގަނޑުގެ ބައިތަކަށް ފޮނުވައިދެއެވެ. މިނެޓަކު ގާތްގަނޑަކަށް 70 ފަހަރު ހިތް ވިންދު ޖަހައެވެ. އަހަރެއްގެ ތެރޭގައި މިލޔަނަކަށްވުރެ ގިނަ ފަހަރު ވިންދު ޖަހައެވެ. މިހިތް މިނެޓަކު ފަސްލިޓަރުގެ ލޭ ހަށިގަނޑު ތެރެއަށް ގުންބާ ކުރެއެވެ. މީގެ މާނައަކީ ދުވާލަކު 7200 ލިޓަރުގެ ލޭ ހިތުން ގުންބާކޮށްދެއެވެ. އިންސާނާ އޭނާގެ މަންމަގެ ބަނޑުތެރޭގައި ގަރުބަގަންނަތާ ހަތަރުވަނަ ހަފުތާއިން ފެށިގެންގޮސް އޭނާ މަރުވަންދެން މި ކުޑަކުޑަ މަސްކޮޅު މި މަސައްކަތް ހުއްޓާނުލައި ކުރެއެވެ. ހިތުގެ ވެރި ރަސްކަލާނގެ އަމުރުފުޅަށް ކިޔަމަންވެ ހިތް މަސައްކަތް ކުރަނީ އެންމެ ހަތައެއްގެ (ސެލެއްގެ) ގޮތުގައެވެ. މި މަސައްކަތް ހިތްކުރަނީ ހަށިގަނޑުގެ އެހެން އެއްވެސް ގުނަވަނެއްގެ އެހީއަކާ ނުލައެވެ. އެކަތިގަނޑެއް ގޮތަށެވެ. އަރާމުކުރާ ވަގުތު އަރާމުކުރަނީވެސް ހަމައެކަތިގަނޑެއް ގޮތަށެވެ.މިކަންތައްތަކާ ދުރުހެލިވުމަށް އެންގެވިއެވެ. އެއީ އެފަދަކަމަކާ ކައިރީގައި އުޅެން ފަށައިފިނަމަ އެއިން ކަމަކަށް އަރައިގަނެވި ދާނެތީއެވެ.

No comments:

Post a Comment