Saturday, May 8, 2010

ސިޙުރު ޖެހެނީ ކޮން ބަޔކަށްތަ؟


ސިޙުރަކީ ވަރަށް ގިނަބަޔަކު ޤަބޫލުކުރާ އެއްޗެއް ކަމުގައި ވާތީ، އޭގެ ޙަޤީޤަތް ހޯދުމަށްޓަކައި ސައިންޓިފިކް ދިރާސާތައް ކުރވިފައިވެއެވެ. އެގޮތުން ކުރެވިފައިވާ ދިރާސާތަކުގެ އަލީގައި، އާއްމުގޮތެއްގައި ސިޙުރުގެ ބަލިތައް ޖެހެނީ ކޮންބަޔަކަށްކަން ތަފާސްކުރެވިފައިވެއެވެ. ސިޙުރުގެ ބަލިތައް ޖެހޭ މީހުންގެ ލިސްޓްގެ އެންމެ ކުރީގައިވަނީ މާތް ﷲގެ ޙަޟްރަތަށް އީމާން ނުވާމީހުންނެވެ. އެއަށްފަހު އެބަލިތައް ޖެހޭ މީހުންގެ ތެރޭގައި މިދަންނަވާ މީހުން ހިމެނެއެވެ
. އެބައިމީހުންނަކީ މުޖުތަމަޢުގައި އޮންނަ ހަމަޖެހޭ އުޞޫލުތަކާއި ޚިލާފުވެ ޖަމާއަތުން ބޭރުވާ މީހުންނެވެ.
2. އެބައިމީހުންނަކީ ނާއުއްމީދުވާ މީހުންނެވެ.
3. އެބައިމީހުންނަކީ ރުޅިގަދަ ނަފުޞު ކޮންޓްރޯލް ނުކުރެވޭ މީހުންނެވެ.
4. އެބައިމީހުންނަކީ ޞިއްޙަތުދެރަ ހަށިގަނޑު ނިކަމެތިި މީހުންނެވެ.
5. އެބައިމީހުންނަކީ އަމިއްލަ އެދުމާއިގެން ކުރިއަށްދާ މީހުންނެވެ. އެބައިމީހުންނަކީ ސިޙުރުވެރިންނާއި ގުޅުން ބަހައްޓާ މީހުންނެވެ.
6. އެބައިމީހުންނަކީ ގަދަކީރިތިވަންތަ ﷲގެ ޙަޟްރަތަށް އުރެދޭ މީހުންނެވެ.
7. އެބައިމީހުންނަކީ ﷲގެ ޙަޟްރަތަށް ޚުޝޫޢައްތެރިނުވާ މީހުންނެވެ.
8. އެބައިމީހުންނަކީ ބޮޑާކަމާއި ކިބުރުވެރިކަމުން ކަޅިވެފައިވާ މީހުންނެވެ.
9. އެބައިމީހުންނަކީ މާއްދީ ބޭނުންތަކުގައި ހައްދުފަހަނަ އަޅާފައިވާ މީހުންނެވެ.
10. އެބައިމީހުންނަކީ ބަދުއަޚްލާޤީ ޢަމަލުތައް ހިންގާ މީހުންނެވެ.
11. އެބަިމީހުންނަކީ ޒަކާތްދިނުންފަދަ ދީނީ ގޮތުން ކުރަންޖެހޭ ކަންތައްތައް ނުކުރާ މީހުންނެވެ.
12. އެބައިމީހުންނަކީ މުދާތައް މިލްކުގައި ފުނިޖެހިފައި ވާއިރުވެސް އެއިން ފަޤީރުންނަށް ޞަދަޤާތްނުދޭ މީހުންނެވެ.
13. އެބައިމީހުންނަކީ އަޤީދާ ބަލިކަށި މީހުނެވެ.
14. އެބައިމީހުންނަކީ ސުވަރުގެއާއި ނަރަކައަށް އީމާންނުވާ މީހުންނެވެ.
15. އެބައިމީހުންނަކީ މަގުފުރެދިފައިވާ މީހުންނެވެ.
16. އެބައިމީހުންނަކީ ފައިސާއާއި މެދު ދަހިވެތިވެ މުއްބާރުކުރާ ބަޚީލުންނެވެ.
17. އެބައިމީހުންނަކީ އެހެންމީހުންގެ ހައްޤުތައް ނިގުޅައިގަންނަ ޒާލިމުންނެވެ.
18. އެބައިމީހުންނަކީ ހިތްވަރުދެރަ ފިނޑިންނެވެ. އެބައިމީހުންނަކީ ރިބާ ކައިއުޅޭ މަކަރުވެރިންނެވެ.
19. އެބައިމީހުނަކީ މީހަކަށް މާތް ﷲ ދެެއްވާފައިވާ ނިޢުމަތެއް ފެނިއްޖެނަމަ އެނިޢުމަތާ މެދު ނުރުހި އެކަމަށް ނަފްރަތުކުރާ ހަސަދަވެރިންނެވެ.
20. އެބައިމީހުންނަކީ މުޖުތަމަޢުގައި ހަމަނުޖެހުން އުފެދޭފަދަ ވާހަކަތައް ދައްކާއުޅޭ ފިތުނަވެރިންނެވެ.
21. އެބައިމީހުނަންކީ އަމާނާތްތައް އޭގެ އަޙުލުވެރިންނަށް ރައްދުނުކުރާ ޚިޔާނާތްތެރިންނެވެ.
22. އެބައިމީހުންނަކީ މާތް ﷲގެ ޙަޟްރަތާއި އެހެންފަރާތްތައް ބައިވެރިކޮށް ޝަރީކުކުރާ މުޝްރިކުންނެވެ.
23. އެބައިމީހުންނަކީ މުދަލާއި ފައިސާއިން ބޭކާރުގޮތުަގއި ހޭދަކޮށް އިސްރާފްކުރާ މުސްރިފުންނެވެ.

No comments:

Post a Comment