Thursday, May 6, 2010

ޙަދީޘް ޢިލްމުގެ މުހިއްމު މުޞްޠަލަޙްތައް

ޙަދީޘް ޢިލްމަކީ ކީރިތި ރަސޫލާގެ ބަސްތަކާއި ޢަމަލްތަކާއި ، ސިފަތަކާއި، އެއްބަސްވެ ވަޑައިގަންނަވާފައިވާ ކަންތައްތައްތަކުގެ އިތުރުން ޙަދީޘް ރިވާކުރެއްވި ބޭކަލުންނާއި ސަނަދާއި މަތުނު ބަޔާންކޮށްދޭ ޢިލްމެވެ. މިޢިލްމުގައި ހިމެނޭ މުހިއްމު މުޞްތަލަޙްތައް ތިރީގައި އެވަނީ އެވެ.
1-ސަނަދު: ސަނަދަކީ ޙަދީޘްގެ މަތުނަށް ވާޞިލް ކޮށްދޭ މަގެވެ. ނުވަތަ އެޙަދީޘެއްގެ އަހުލުވެރިންނެވެ.
2-މަތުނު:- މަތުނަކީ ޙަދީޘްގެ ލަފުޒުތަކެވެ. އެއީ ސަނަދުގެ ނިމުންވެސް މެއެވެ.
3-މުސްނަދު:- މުސްނަދަކީ ސަނަދު އޭގެ ނިމުމާއި ހަމައަށް ގުޅިގެން އައިސްފައިވާ ޙަދީޘެވެ.
4-މުސްނިދު:- މުސްނިދުންނަކީ ޙަދީޘް އޭގެ ސަނަދާއި އެކީގައި ރިވާކުރައްވާ ބޭކަލުންނެވެ.
5-މުޚްރަޖް:- މުޚްރަޖް ނުވަތަ މުޚައްރަޖަކީ ޙަދީޘްގެ ރިވާކުރައްވާ ބޭކަލުން ބަޔާންކުރައްވާ ބޭކަލުންނެވެ. މިސާލަކަށް އިމާމު ބުޚާރީ އަކީ މުޚްރަޖެކެވެ.
6-މުޚްރިޖް:- ޙަދީޘް ޢިލްމުގައި މުޚްރިޖުންނަކީ ޙަދީޘް ރިވާކުރެއްވި ބޭކަލުންނެވެ.
7-މުޙައްދިޘް: ޙަދީޘް ޢިލްމުގެ ވައްތަރުތަކާއި ޙަދޘް ރިވާކުރެއްވި ބޭކަލުންގެ ނަންތަކާއި މަތުނު ދެނެލައްވާ ޢިލްމު ވެރީންނަކީ މުޙައްދިޘުންނެވެ.
8-ހުއްޖާ:- 300 ޙަދީޘް އޭގެ ޢިލްމާއިއެކީގައި ދަސްކުރައްވާފައިވާ ބޭކަލުންނަށް ޙުއްޖާއޭ ކިޔެއެވެ.
9- ސުންނަތް:- ސުންނަތް ނުވަތަ ޙަދީޘަކީ ރަސޫލުﷲގެފާނުގެ ބަސް ތަކާއި ޢަމަލް ތަކާއި އެކަލޭގެ ފާނުންގެ ސިފަތަކެވެ.
10- ޚަބަރު:- ޚަބަރަކީ ޙަދިޝްގެ ތެރޭގައި ހިމެނޭ މަރުފޫޢު ޙަދީޘާއި މަޤްޠޫޢު ޙަދީޘާއި މައުޤޫފު ޙަދީޘެވެ.
11- އަޘަރު:- ގިނަ ޙަދީޘް ޢިލްމު ވެރިންގެ ގާތުގައި އަޘަރަކީ މަރުފޫޢު ޙަދީޘާއި މައުޤޫފު ޙަދީޘެވެ.
21-ޤުދުސީޙަދީޘް:- ﷲގެ ޙަޟްރަތުން އޭގެ މާނަ އައިސްފައިވާ ރަސޫލާގެ އަރިހުން އޭގެ ލަފްޒުތައް ވާރިދު ވެފައިވާ ޙަދީޘް ތަކަށް ޤުދުސީ ޙަދީޘްގެ ނަމުން ނަން ދެވިފައި ވެއެވެ.

Wednesday, May 5, 2010

ތައުބާއާއި ބެހޭ ސުވާލުތަކެއް


ތައުބާވުމުގެ މޮޅުއިތުރުކަން ޤުރުއާނާއި ސުންނަތުން
1) ތައުބާވުމުގެ މޮޅު އިތުރުކަން ޤުރުއާނާއި ސުންނަތުން ހެކިދައްކައިގެން ބަޔާންކުރާށެވެ.
2) ތައުބާވެ އިސްތިޣްފާރުކުރުމަށް ﷲ އަމުރުކުރައްވާފައިވެެއެވެ. ހެކިދައްކައިގެން ބަޔާންކުރާށެވެ!
3) މުއުމިނުންގެ 4 ސިފައެއް އެކަމަށް ހެކިދައްކައިގެން އޮޅުންފިލުވައިދޭށެވެ!


މަތީގައިވާސުވާލުތަކުގެ ޖަވާބުތައް http://www.kavaasa.com/ ލިބިލައްވާނެއެވެ.

Tuesday, May 4, 2010

ތަރިކައާއި ބެހޭ މައްސަލަ ތައް ޙައްލުކުރާނޭ ގޮތް

އަންހެނަކު މަރުވިއިރުތިބީ އޭނާގެ ފިރިމީހާ ބައްޕައާއި ފިރިހެން ދަރިންނެވެ.

ފަރުޟު ޙައްލު ދަރިޔަކު ހުރީތީ ފިރިމީހާއަށް 4/1 ފިރިހެންދަރިޔަކު ހުރީތީ
ބައްޕައަށް 6/1 ބާކީ ޢަސަބާއަށް ވީތީ ދަރިފުޅަށް
އިލްމުލް ފަރާއިލް ތަރިކަ މުދަލާއި ބެހޭ ޢީލްމު ޝަރީޢަތުގައި ފަރާއިޞަކީ ވާރުތަވެރިޔާއަށް ވާރުތަ މުދަލުން ލިބުމަށް ޝަރުޢުގައި

ކަނޑައަޅުއްވާފައިވާ ޢިލްމެވެ.


ފަރުޟުވެރިން


ވާރުތަމުދަލުން އަބަދުވެސް ބައި ލިބޭ މީހުން


1-ފިރިހެންދަރިން

އަންހެންދަރިން މީހާ- 2

3- ބައްޕަ

4- މަންމަ

5-ފިރިމީހާ/ އަނބި


ޢާޞިބުން ފަރުޟުވެރިންނަށް ތަރިކަ މުދަލުން ދޭންޖެހޭބައި ދިނުމަށްފަހު ބާކީވާ ބައިލިބޭ މީހުންނެވެ. ފަރުޟުވެރިންނަށް ދީފައި ބާކީ އެއްޗެއް ނެތްނަމަ މިފަދަ މީހުންނަކަށް ނުލިބޭނެއެވެ*